އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓި އިންޑިއާ ސިފައިންގެ އިސްވެރިޔާ ޑިފެންސް ޗީފް ބައިޕިން ރަވަތު މަރުވެއްޖެއެވެ.

މި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ދެކުނުގެ ޓެމިލް ނާޑޫ ސްޓޭޓްގައެވެ.

Ad
rt

މިހާދިސާގައި ޖުމްލަ 11 މީހަކު މަރުވެފަވެއެވެ. އޭގެ ތެރޭގައި ސިފައިންގެ ވެރިޔާ ޖެނެރަލް ބިޕިން ރާވަޓްއާއި އޭނާގެ އަނބިކަނބަލުން މަދުލިކާ ރާވަތު ވެސް ހިމެނޭ ކަމަށް އިންޑިއަން އެއަރފޯސްއިން ކަށަވަރު ކޮށްދީފައި ވެއެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ކުރި ޓްވީޓެއްގައި ބުނީ އަސްކަރީ ވެރިޔާ، އުމުރުން 63 އަހަރުގެ ރާވަތު ދަތުރުކުރަމުން ދިޔައީ ރަޝިއާގައި އުފައްދާފައިވާ އެމްއައި-17 ހެލިކޮޕްޓަރެއްގައި ކަމަށާއި އެކްސިޑެންޓް ހިނގައިފައިވަނީ ޓެމިލްނާޑޫގެ ކޫނޫރު ކައިރިން ކަމަށެވެ.

ހެލިކޮޕްޓަރު ވެއްޓުނީ، އެއަރފޯސް ބޭސްއަކުން ފުރައިގެން ޑިފެންސް ސަރވިސަސް ސްޓާފް ކޮލެޖަށް ދިއުމަށް ދަތުރު ކުރަނިކޮށް ކޮލެޖް ހުންނަ ސަރަހައްދާ ގާތަށް ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑިއާގެ ކަމާބެހޭ އިދާރާތަކުން މިހާރުވަނީ މިހާދިސާގެ ތަހްގީގު ފަށާފައެވެ.

އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފްގެ މާގަމަކީ 2019 ވަނަ އަހަރު އެ ގައުމުގެ ސަރުކާރުން އުފެއްދި މަގާމެކެވެ. އެއީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް މަގާމެކެވެ. ރާވަތު އަކީ އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފްގެ އިތުރުން، އިންޑިއާގެ ދިފާއީ ވުޒާރާގެ އެޑްވައިޒަރުވެސް މެއެވެ.