ކްލިކް ކޮލެޖުން ނަސާރާ ދީނުގެ ލަވަ ޖެހި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހަށް ހުށަހަޅައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިދިޔަ ހުކުރު ދުވަހު ބޭއްވި ސްޕޯޓްސް ފެސްޓިވަލްގެ މާޝަލްއާޓްސް ހަރަކާތުގެ ތެރެއިން ނަސާރާ ދީނަށް ހިތްވަރުދޭ ލަވައެއްގެ ބައެއް ޖަހާފައި ވަނީ ކްލިކް ކޮލެޖުންނެވެ.
އިސްލާމިކް މިނިސްޓްރީން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހަށް ހުށަހަޅާފައި ވާކަމަށެވެ.
ހަރަކާތްތައް އިންތިޒާމު ކުރާއިރު މިފަދަ ކަންކަން ކުރުމަކީ ގާނޫނީގޮތުން ފިޔަވަޅު އެޅޭނެ ކަމެއްކަމަށާއި އެކިއެކި ހަރަކާތްތައް އިންތިޒާމު ކުރާ ފަރާތްތަކުން ދީނާ ހިލާފު ކަންކަން ނުހިނގާނެގޮތަށް އިންތިޒާމު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
ކުލިކް ކޮލެޖްއިން އިއްޔެ ނެރެފައިވާ ޓްވީޓްއެއްގައި ބުނެފައިވާ ގޮތުގައި މިއަދު ކްލިކް ކޮލެޖްގައި ބޭއްވި އިވެންޓްގައި އެލަވަ ޖެހުނު ކަން ސައުންޑާއި ހަވާލުވެ ތިބި ފަރާތްތަަކަށް އެނގުމާއިއެކު އެކަމާމެދު ވާނީ ފިޔަވަޅު އަޅާފައެވެ. އަދި އެކަމަށްޓަކައި އެކޮލެޖްއިން ވަނީ ރައްޔިތުންގެ ފަރާތުން މައާފަށް އެދިފައެވެ.
އެކި އެކި ހަރަކާތްތައް އިންތިޒާމު ކުރާފަރަތްތަކުން ދީނާ ޚިލާފު ކަންކަން ނުހިނގާނެގޮތަށް އިންތިޒާމުކުރުމަށް އިލްތިމާސް ކުރަން.
— Ministry of Islamic Affairs (@MVIaffairs) December 5, 2021
ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް އިންޓަނެޓްގެ ޒަރިއްޔާއިން އެކި ހަރަކާތްތައް ހިންގާ މައްސަލަ ފެންމަތިވެފައިވާއިއެރު އިންޓަރނެޓްގެ އެކި އެކި މީޑިއަމްތައް ބްލޮކް ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ދާދިފަހުން އަމުރެއްވެސް ނެރެފައެވެ.
މީގެ ކުރިން ވެސް އެ ކޮލެޖްގައި ބޭއްވި މާޝަލް އާޓްސް ޕްރޮގްރާމްގައި ލަވަ ޖެހިކަން ފާހަގަ ކޮށް އާއްމުން ވަނީ އެކަމާއިމެދު ނުރުހުން ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!