އަޕްޑޭޓުގައި ދިމާވި މައްސަލައިގެ ސަބަބުން ހިދުމަތް މެދު ނުކެނޑޭނެ ކަމަށާއި ދެން ހިދުމަތް މެނދުކެނޑޭނީ މެއިންޓެނެންސް މަސައްކަތް ކުރާއިރު ކަމަށް ދިވެހިންގެ ބޭންކް، ބީއެމްއެލް އިން ބުނެފިއެވެ.
މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވީ އަޕްޑޭޓު ކުރުމުގައި ދިމާވި މައްސަލަ މިހާރު ހައްލު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަކުރާރުވިޔަ ނުދޭން ރިވިއު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޓިމް ވިދާޅުވީ ދެން ހިދުމަތްތައް މެދުކެނޑުނަސް ކެނޑޭނީ މެއިންޓެނެންސް މަސައްކަތް ކުރާ ވަގުތު ކަމަށެވެ. އެކަން ކަސްޓަމަރުންނަށް ކުރިން އަންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޭންކުގެ ހިދުމަތް މެދުކެނޑުމުން ދިމާވި ދަތިތަކަށް ޓިމް ވަނީ މައާފަށް އެދިފައެވެ.
މިދިޔަ ދެތިން ހަފްތާ ތެރޭ ބޭންކުގެ ހިދުމަތްތައް ދޭތެރެ ދޭތެރެއިން މެދުކެނޑުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އޭގެ އަސަރުކޮށްފައެވެ. ބައެއް މީހުންގެ އެކައުންޓުތަކުން ފެއިލް ވެފަ ހުރި ޓްރާންސެކްޝަންގެ ފައިސާވެސް ވަނީ މަދުވެފައެވެ.
މިފަދަ މައްސަލައެއް ދިމާވެފައި ހުރިނަމަ ބޭންކަށް މެސެޖަކުން، އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިން މެދުވެރިކޮށް އަންގައި ދިނުމަށް ޓިމް އެދެއެވެ.
ބޭންކުގެ ހިދުމަތްތައް އޮޅުން ބޮޅުންވެ ހިދުމަތްތަކަށް ބުރޫއަރާ ތާ ގިނަ ދުވަސްތަކެއްވި އެވެ. ބީއެމްއެލް އިން ނޫސްވެރިންގެ ބައްދަލު ވުމެއް މިއަދު ބޭއްވި އިރު އެހެން ހަފްތާ ތަކުގެ އާދިއްތަ ދުވަހަކީ ޚިދުމަތްތައް ބުރޫ އަރާ ތުރާ ބޮޑުވާ ދުވަހެކެވެ. މިއަދު ހިދުމަތް ނުކެނޑި ބުރޫ ނާރާތީ ގިނަ ބަޔަކު އަންނަނީ އުފާ ފާޅު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!