ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގގެ މައްސަލަ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާއި، އެ ހުކުމަށް ތާޢިދުކޮށް ހައިކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
ރައީސް ޔާމީން ވަނީ މިނިވަންވެފައިވަނީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާކުރި ކަމުގެ ކުށުގައި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކުރުމުން ނެވެ.
މިގޮތައް ހުކުމް ކުރެއްވީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި މައްސަލައިގައި ފަނޑިޔާރު މަހާޒްގެ ރަޢުޔަށް ދެން ތިއްބެވި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އިބްރާހިމް މުހައްމަދުވަނީ ތާއީދުކުރައްވާފައެވެ.
މިމައްސަލާގައި ސުޕްރީމް ކޯޓުގައި ގިނަ އަޑުއެހުންތަކެއް ބާއްވާފައިވާއިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކިބައިން ރައީސް ޔާމީން އެދިވަޑައިގަންނަވަމުން ގެންދެވީ އެމަނިކުފާނާމެދު ވަަރަށް ބޮޑަށް ބޭއިންސާފުން ޢަމަލުކޮށްފައިވާ ކަަމަށާއި އެކަންކަމަށް ރިއާޔަތްކޮށްދިނުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!