ހިޔާ ޓަވަރު 12 ގައި ހުޅުވި އެ ސަރަހައްދުގެ ފުރަތަމަ ފިހާރަ، އެޗްސީޔޫ މާޓުން މިހާރު ބަސް ކާޑުގެ ހިދުމަތް ލިބޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ އެ ފިހާރައިން ބަސް ކާޑު ގަތުމާއި ކާޑު ރިލޯޑު ކުރުމާއި އެއްކޮޅުގެ ޓިކެޓު ގަތުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
އެމްޓީސީސީ ބަސް ކާޑުގެ ހިދުމަތް މިހާރު މާލެ އާއި ހުޅުލެ އާއި ހޫޅުމާލެ ފޭސް އެކެއް އަދި ދެއަކުންވެސް ލިބޭނެއެވެ.
މި ހިދުމަތާ ގުޅޭގޮތުން އެމްޓީސީސީ ވެބްސައިޓުންނާއި ބަސް އެޕްލިކޭޝަނުން މައުލޫމަތު ލިބޭނެއެވެ. އަދި އެ ކުންފުނީގެ ހޮޓްލައިން 1650 އަށް ގުޅައިގެންވެސް މައުލޫމާތު ސާފު ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!