އެއް އަހަރުފަހުން ކެނެރީފް ރިސޯޓު ހުޅުވަން ތައްޔާރުވެ މުވައްޒަފުން ހޯދަން އިއުލާން ކޮށްފިއެވެ.

އެ ރިސޯޓުން ވަނީ އަށް ދާއިރާއަކުން މުވައްޒަފުން ހޯދަން އިއުލާން ކޮށްފައެވެ. މީގެ ތެރޭގައި އެފްއެންޑްބީ، ހައުސްޕީކިން، ފްރޮންޓް އޮފީސް، ފައިނޭންސް، ގާޑްނިން، ސެކިއުރިޓީ އަދި އިންޖިނިއަރިން ދާއިރާ ހިމެނެއެވެ.

Ad
rt

އެ ދާއިރާތަކުން ވަޒީފާތަކަށް ޝައުގުވެރިވާ މީހުންނަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުރާސްފައްޗާ ހަމައަށް ވަނީ ހުޅުވާލަފައެވެ. މި މަގާމުތަކަށް ޝައުގުވެރިވާ މީހުން ސީވީ hr1@canareef.com މެއިލް ކުރަން ވަނީ ބުނެފައެވެ

މި ވަޒީފާއަށް އެދޭ މީހުންގެ ޝަރުތަކީ ކުރިމަތިލ- ދާއިރާއަކުން މަދުވެގެން ދެ އަހަރުގެ ތަޖުރިބާ ހުރުމެވެ.

ކެނެރީފުން ބުނީ އެ ރިސޯޓުން މުވައްޒަފުންނަށް ފުރިހަމަ ހިދުމަތްތަކާއި ރަނގަޅު މުސާރައެއް އަދި ފައިދާތަކެއް ވެސް ދޭނެ ކަމަށެވެ. އަދި ވަޒީފާގެ ކުރިއެރުން ހޯދުމުގެ ފުރުސަތުވެސް ލިވޭނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.

ކެނަރީފް މިދިޔަ އަހަރު ބަންދު ކުރީ ކޯވިޑް-19އާ ގުޅިގެންނެވެ. އައްޑޫގައި ތިން ރިސޯޓު ހުޅުވާފައިވާއިރު ހުޅުވާނެ ކަން ހާމަ ކޮށްފަައިނުވަނީ ޝްންގްރިއްލާ އިން އެކަންޏެވެ. ސައުތު ޕާމް މިހާރުވެސް ހުޅުވާފައިވާއިރު ކެނެރީފް އަންނަ މަހު ހުޅުވާނެ ކަމަށް ބުނފައިވީނަމަވެސް ސީދާ ތާރީހެއް އިއުލާން ނުކުރެއެވެ.