އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މޯލްޑިވް ގޭހުގެ ދެ މުއައްޒަފުންނަށް ހައްޖު ދަތުރު ދޭން ނިންމައިފިއެވެ.

މިކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ، އެ ކުންފުންޏަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި، ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ހާއްސަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމް ވިދާޅުވީ، މޯލްޑިވް ގޭހުގެ މުވައްޒަފުންނަކީ އެ ކުންފުނީގެ އެންމެ ބޮޑު ރައުސުއްމާލު ކަމަށާއި، އެހެންކަމުން މުވައްޒަފުންގެ ކުރިއެރުމަށް އެކުންފުނިން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.

Ad
rt

"މި ކުންފުނީގެ އެންމެ ބޮޑު ރައުސުއްމާލަކީ އަޅުގަނޑުންމެ މުވައްޒަފުން. އަޅުގަނޑުމެންގެ މުވައްޒަފުންގެ ކުރިމަގަށް، ކުރިއެރުމަށް އަޅުގަނޑުމެންވާނެ ވަރަށް ގިނަ ކަންތައްތަކެއް ރާވާފައި، އެގޮތުން އަންނަ އަހަރުން ފެށިގެން މި ކުންފުނީގެ ކޮންމެވެސް ދެ މުވައްޒަފަކަށް ކުންފުނީގެ ހައްޖު ދަތުރެއް ދިނުމަށް މިވަނީ ނިންމާފަ"

ޝަޒައިލް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ރަސްމިއްޔާތުގެ ތެރެއިން ގުރުއަތުން ހޮވުނު މުއައްޒަފުންްނަށް ވަނީ ސަޕްރައިޒް ހަދިޔާ ތަކެއްވެސް ލިބިފައެވެ.