މާލޭ ސިޓީއަކީ އެންމެން އެކީ ގައުމީ ރޫހެއްގައި ނިކުމެ، ކުޅިވަރުތައް ކުޅޭ ތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ގައުމީ ޓީމުން ކުރި ހިތްވަރު ފާހަގަ ކޮށް ސާބަސް ދެއްވުމުގެ ގޮތުން ރޭ ބޭއްވެވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޒަމާނުއްސުރެ މާލެ ސިޓިގައި އޮންނަ އަވަށު ފޯރިއާއި ރޫހު ދިރުވުމަށް މާލެ ސިޓީގައި އެކި އެކި ކުޅިވަރު މުބާރާތްތައް ބާއްވަވާނެ ކަމަށް އެ ހަފްލާގައި މޭޔަރު ވަނީ ވިދާޅުވެފަ އެވެ. އަދި އަވަށު ފޯރި ގެނައުމަށް ކުރިއަށް އޮތް ތަނުގައި އުފާވެރިކަން ގެނެސްދޭ ގިނަ ކުޅިވަރުތަކެއް ޕްލޭންތަކުގައި ހިމަނުއްވާނެ ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
"ޕްލޭންތަކުގައި ކުޅިވަރަށް ޚާއްޞަކޮށް ފުޓްބޯޅައަށް އިސްކަން ދޭނަން" މޭޔަރު ވިދާޅުވިއެވެ.
ގައުމީ ޓީމަށް ހިއްވަރު ދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލްގެ ފަރަާތުން ބޭއްވި ޑިނަރ ނައިޓަށް @MMuizzu https://t.co/UbLQ0aN1Xq pic.twitter.com/pKQLRyEemR
— Male' City Council (@MaleCitymv) October 29, 2021
މާލޭ ސިޓީއަކީ ކުޅިވަރު ކުޅުމަށް ފަސޭހަ ތަނަކަށް ހެދުމަކީ އެސިޓީގެ ސިޔާސަތެއް ކަމަށް ވެސް މޭޔަރު ވަނީ ފާހަގަ ކުރަށްވާފައެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރު ދިނުމަށް މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ މި ހަފްލާ ކުރިއަށް ގެންދިޔައީ ޑިނާ ނައިޓަކާ ވެސް އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!