ޑައިރެކްޓް ފްލައިޓްއަށްވާ ފައިސާ ނެގުމަށް ފަހު އިންޑިއާއަށް ދަތުރުކުރާ ދެ ފްލައިޓަކުން ޓްރާސިޓްކޮށް ދަތުރުކޮށްފައިވާތީ ޝަކުވާ ބޮޑުވެއްޖެ އެވެ.

ޑައިރެކްޓް ފްލައިޓްއެއްކަމަށް ބުނެ ކަސްޓަމަރުންނަށް ޓިކެޓު ވިއްކާ، ޓްރާންސިޓްކޮށް ރާއްޖެއާއި އިންޑިއާ އާއި ދެމެދު ދަތުރުކޮށްފައިވަނީ އިންޑިގޯ ފްލައިޓް އަދި އިންޑިއަން އެއާލައިންސްއިން ނެވެ.

Ad
rt

އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްއިން ސީދާ ބެންގަލޫރުގެ ކެމްޕެގޯޑާ އިންޓާނޭޝަނަލް އެއާޕޯޓަށް ޖައްސަންޖެހޭ މި ދެ ފްލައިޓްވެސް ވަނީ އިންޑިއާގެ ޓްރެވިންޑްރަމްއަށް ޓްރާންސިޓްކޮށްފައެވެ.

ނަމަވެސް ޓިކެޓް އަށް ފައިސާ ދައްކާފައިވަނީ ސީދާ ޑައިރެކްޓްކޮށް ރާއްޖެއިން ބެންގަލޫރަށް ދިއުމަށްކަމަށް ދަތުރުކުރި ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

އިންޑިއަން އެއާލައިންސް އަދި އިންޑިގޯއިން އޮޕަރޭޓްކުރާ ޑައިރެކްޓް ފްލައިޓްތަކުގެ އަގުގައި ބޮޑު ތަފާތެއް ހުރި އިރު، މިއީ ޑައިރެކްޓް ފްލައިޓްއަށް ޓިކެޓް ނެގި މީހުންނަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއްކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

ފްލައިޓް ޓްރާންސިޓްކޮށް ދަތުރުކުރާކަން އެނގިފައިވަނީ، ޓިކެޓްގައި ޓްރާންސިޓް ވާނެޖެހޭކަމަށް ބަޔާންކޮށްފައި ނެތުމާއި އެކު، އެއާޕޯޓަށް ގޮސް ޗެކިންވުމަށްފަހު ގޭޓަށް ދިއުމުންކަމަށްވެސް ފްލައިޓްއިން ދަތުރުކުރި ފަރާތްތަކުން ވަނީ މަޢުލޫމާތުދީފަ އެވެ.

ޑައިރެކްކޮށް ދަތުރުކުރުމަށް ކޮޅަކަށް ނަގާ އަގު ބޮޑުވެފައި، ޓްރާންސިޓް ފްލައިޓްއަށް ނަގާ އަގުގައި ބޮޑު ތަފާތެއް ހުރެއެވެ. އަދި ވަގުތުތައް ބަލާއިރުވެސް ސީދާ ފްލައިޓްތަކަށް ހޭދަވާ ވަގުތު ވަރަށް ބޮޑުތަން ތަފާތުކަމުން ގިނަ ގަޔަކު ސީދާ ފްލައިޓްއިން ޓިކެޓް ނަގާފައިވާއިރު، މިއީ އެއާލައިންއިން އެމީހުންނަށް ހެދި މަކަރެއްކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

ފްލައިޓް ދާ ރޫޓު ދައްކުވައިދޭ އިންޓަރނެޓް ވެބްސައިޓްތަކުންވެސް ފްލައިޓް ދަތުރުކޮށްފައިވަނީ އެންމެ ރޫޓަކަށްކަމަށްވަނީ ދައްކާފައެވެ.