ޖެންޑަރ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށް ރިޒްނާ ޒަރީރު އައްޔަން ކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި މަގާމަށް ކުރީގެ މަޝްހޫރު ނޫސްވެރިޔާ ރިޒްނާ ޒަރީރު އައްޔަން ކުރައްވާފައިވަނީ މިއަދު އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ގާތްގަނޑަކަށް 14 އަހަރު މަސައްކަތް ކުރައްވާފައިވާ ރިޒްނާ މިފަހުން ފެނިގެން ގޮސްފައިވަނީ ސިޔާސީ ދާއިރާއިން އެވެ.
އެގޮތުން މިއަހަރު ބޭސްވުނު ކައުންސިލް އިންތިހާބުގައި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރުކަމަށް އެމްޑީޕީ ޓިކެޓުގައި ރިޒްނާ ކުރިމަތިލެއްވިއެވެ. އޭގެފަހުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި މާލޭ ސިޓީގެ ހުޅުމާލޭ ދާއިރާގެ ރައީސްކަމަށް ވާދަކުރެއްވި އެވެ.
ނަމަވެސް އޭނާ ވަނީ މިދެ އިންތިޚާބުންވެސް ބަލިވެފައެވެ.
ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ދަށުން ޖެންޑަރ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށް ރިޒްނާ އައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންންވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!