ރިސޯޓެއްގެ ގޮނޑުދޮށުގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިކަމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވީ އެމީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ، އަންނަތާރާ މޯލްޑިވްސް ރިސޯޓްގެ ބީޗް ސަރަހައްދުގައި ކަމަށެވެ.

Ad
rt

މިމައްސަލަ ފުލުހުންނަށް ހުށައެޅިފައިވަނީ އިއްޔެ 13:00 ކަންހާއިރު ކަމަށް ފުލުހުން ވިދާޅުވި އެވެ.

މަރުވެފައި އޮއްވާ ފެނުނީ 35 ކޮރެއާ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ އޭނާގެ މަރާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.