ޖީއެމްއާރު އަތުން އެއަރޕޯޓު އަތުލުމަކީ، މިހާތަނަށް ރާއްޖޭގައި ހިންގި އިގުތިސާދީ އެންމެ ބޮޑު ޖަރީމާކަމަށްފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއަރޕޯޓު އަތުލުމުގެ ސަބަބުން އާބިޓްރޭޝަން އިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށެވެ.
އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް ދެން ސަރުކާރުން ޖެހުނީ ބަޖެޓުން މަޝްރޫއު ފައިނޭންސް ކުރަންކަމަށާއި މިކަމަށްޓަކައި 1 ބިލިއަން ޑޮލަރުގެ ލޯނު ނަގައި ދައުލަތުގެ ދަރަނި އިތުރުވެފައިވާކަމަށެވެ.
“މިކަމަށް ދަރަނި ނެގުމުގެ ސަބަބުން އަސާސީ އެހެން ކަންކަމަށް ބަޖެޓުން ވަނީ ޖާގަ ނުދެވިފައި. ޖީއެމްއާރާ އެކު ކުރިއަށް ދިޔަ ނަމަ 2014 ވަނަ އަހަރު ނިމެން އޮތް އެއަރޕޯޓުގެ މަސައްކަތް، 7 އަހަރު ވެގެން ދިޔަ އިރުވެސް މިދަނީ ކުރަމުން. ޖީއެމްއާރާއެކު އެއަރޕޯޓު ތަރައްގީކޮށް 2014 ގައި ނިންމުނު ނަމަ ކޮވިޑް-19 އައުމާ ހަމައަށް ރާއްޖެއަށް އިތުރު 6.7 މިލިއަން ފަތުރުވެރިން ގެނެވުނީސް.”
އަމީރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެޓުވީޓުގައި އިތުރަށް، ވިދާޅުވެފައިވަނީ މިއީ ޓޫރިޒަމް އާމްދަނީ އިން ރާއްޖެއަށް ގެއްލިގެން ދިޔަ 13.2 ބިލިއަން ޑޮލަރުކަމަށެވެ.
މިއީ އެތައް ބަޔަކަށް ގެއްލިގެން ދިޔަ ވަޒީފާގެ ފުރުސަތުތަކެއްކަމަށާއި މިއީ އެތައް އާއިލާއަކަށް ގެއްލިގެން ދިޔަ އާމްދަނީއެއްކަމަށެވެ.
Aadhe Minister Ameer, varah bodu thedhufulheh https://t.co/IuM2MSAMbi
— Mohamed Nasheed (@MohamedNasheed) October 16, 2021
“އެއަރޕޯޓު 2014 ވަނަ އަހަރަށް ތަރައްގީކޮށް ނިންމުނު ނަމަ އަޅުގަނޑަށް އަންދާޒާކުރެވޭ ގޮތުގައި 2020 ވަނަ އަހަރާ ރާއްޖެ ކުރިމަތިލީހީ 5 ބިލިއަން ޑޮލަރުގެ އިގުތިސާދެއްގެ ބަދަލުގައި 10 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިގުތިސާދަކާއެކު.”
މިނިސްޓަރ އަމީރުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
މިނިސްޓަރ އަމީރުގެ ޓުވީޓު ހިއްސާ ކުރައްވަމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިނިސްޓަރ އަމީރު ހެއްދެވީ ވަރަށް ބޮޑު ތެދުފުޅެއްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!