އުރީދޫން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން ސޯޝަލް ސެންޓަރުގެ އެލްއީޑީ ސްކްރީނުން ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ދައްކަން ނިންމައިފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މިރެއިން ފެށިގެން އެ ސްކްރީނުން ސާފް ޗެމްޕިއަންޝިޕުގެ ހުރިހާ މެޗެއް ދައްކާނެއެވެ. މިއީ އެކުވެރިކަމާއެކު ގިނަ ބަޔަކު އެއްތަނެއްގައި ތިބެގެން މެޗުތައް ބަލާލުމަށް ފުރުސަތު ދިނުމުގެ ބޭނުމުގައި ފެށި ކަމެކެވެ.

Ad
rt

ބޮޑު ސްކްރީނުގައި މެޗުތައް އެޅުވި ނަމަވެސް އެތަނަށް އެއްވާ މީހުން އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރަން އުރީދޫން އެދެއެވެ.

ސާފް ޗެމްޕިއަން ޝިޕުގައި މިރޭ ވާދަ ކުރާނީ ރާއްޖެ އާއި ބަންގްލަދޭޝާއެވެ. މި މެޗަކީ މިހާތަނަށް އެންމެ ފޯރިގަދަ މެޗަށް ވާނެއެވެ. މި މެޗު އޮންނާނީ މިރޭ 9:00ގައެވެ.