ސްޕެނިޝް ލަލީގާގައި މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރެއާލް މެޑްރިޑް އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި އެސްޕަނިޔޯލް އަތުން ބަލިވެ އެ ޓީމް މި ސީޒަންގެ ލީގުގައި ބަލިނުވެ އޮތްއޮތުމަށް ނިމުން އަތުވެއްޖެއެވެ. މި މެޗު އެސްޕަނިޔޯލް އިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ލަނޑުޖަހާފައު ވަނީ އެސްޕަނިޔޯލުންނެވެ. ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި އެޑްރީ އެމްބާބާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރައުލް ޑި ތޯމަސްއެވެ.

Ad
rt

މެޗުގެ ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި އެސްޕަނިޔޯލުން ވަނީ ލަނޑުޖަހައި ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. މި ލަނޑު ކެއިޑީ ބަރޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެލެކްސް ވިޑާލްއެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން އެސްޕަނިޔޯލްގެ ސާޖީ ޑާޑައަށް ވަނީ ހުސް ފުރުޞަތެއް ލިބި ބޭނުން ނުކުރެވިފައެވެ.

މެޗުގައި ރެއާލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ޖޮވިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބެންޒެމާއެވެ. މިއީ ބެންޒެމާ ލީގުގައި ކުޅުނު އަށް މެޗުގައި ކާމިޔާބު ކުރި ނުވަވަނަ ލަނޑެވެ.

މި ނަތީޖާއާއިއެކު ރެއާލް މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 8 މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައިނ 8 މެޗުން 17 ޕޮއިންޓް ހޯދައިގެން އޮތީ އެތުލެޓިކޯ މެޑްރިޑެވެ. މި މެޗުން މޮޅުވި އެސްޕަނިޔޯލް އޮތީ 8 މެޗުން ލިބުނު ނުވަ ޕޮއިންޓާއިއެކު 13 ވަނާގައެ