އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށަން ނިންމައިފިއެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނީ ދަތުރުތައް މި މަހުގެ 21ވަނަ ދުވަހު ފަށާނެ ކަމަށެވެ. އެގޮތުން ހަފުތާއަކުނ 3 ދުވަހު ރާއްޖެއަށް ދަތުރު ކުރާނެ ކަމަށް އެއާލައިނުން ބުންޏެވެ.
އޮްސްޓްރިއަން އިން ރާއްޖެއަށް ދަތުރު ފަށަނީ އެ ގައުމުގެ ފިނިމޫސުމާ ދިމާކޮށް ގިނަ ބަޔަކު ޗުއްޓީހޭދަ ކުރަން ބޭނުންވާތީއެވެ. ރާއްޖެއަކީ ހޫނު ގައުމަކަށްވެފައި މި ދުވަސްވަރަކީ ރާއްޖެއަށް ގިނަ ފަތުރުވެރިންވެސް އަންނަ ދުވަސްވަރެކެވެ.
މިއަހަރު ތެރޭގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާ ކޮށްފައިވާއިރު މިހާތަނަށް އަށްލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!