އެނބޫދޫ ފަޅުގައި ތަރައްގީ ކޮށްފައިވާ ކްރޮސް ރޯޑްސް ރިސޯޓުތަކުގައި ކްރިޕްޓޯ ކަރަންސީ ކަރަންސީ ބޭނުން ކުރަން ފަށައިފިއެވެ.

މިއީ ރާއްޖޭގައި ކްރިޕްޓޯ ކަރަންސީން މުއާމަލާތް ކުރަން ފެށި ފުރަތަމަ ފަހަރެވެ. ޑިޖިޓަލް ފައިސާ ކަމަށްވާ ކްރިޕްޓޯ ކަރަންސީ ބޭނުން ކުރަން ފެށީ އެސް ހޮޓެލްސް އިންނެވެ.

Ad
rt

މިއާއެކު މިއަދުން ފެށިގެން ކްރޮސްރޯޑްސްގެ ދެ ރިސޯޓު ކަމަށްވާ ހާޑްރޮކް މޯލްޑިވްސް އާއި ސާއި ލެގޫން އިން ކްރިޕްޓޯ ކަރަންސީ ބޭނުން ކޮށްގެން ހިދުމަތް ހޯދޭނެއެވެ.

އެސް ހޮޓެލްސް އަކީ ދުނިޔޭގައި ވެސް އެންމެ ފުރަތަމަ މި ފައިސާ ބަލައިގަންނަން ފެށި އެއް ހޮޓެލް ޗެއިނެވެ. މިއީ ފަތުރުވެރުކަމުގެ ދާއިރާގެ އާ ޖީލުތަކަށް ހިދުމަތް ދިނުމަށް ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

މިވަގުތު މި ދެ ރިސޯޓުން ބަލައިގަންނަނީ“ޔޫއެސްޑީ ކޮއިން” އާއި “ޓެދާ ޓޮކެންސް” (ޔޫއެސްޑީޓީ) ގެ ކްރިޕްޓޯ ކަރަންސީއެވެ. ނަމަވެސް ކުރިއަަށަ އޮތްތަނުގައި އިތުރު ޑިޖިޓަލް ފައިސާ ވެސް ބަަލައިގަންނާނެ ކަމަށް އެސް ހޮޓެލްސް އިން ބުންޏެވެ.

ކްރިޕްޓޯ ކަރަންސީއަކީ މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ބޭނުން ކުރާ ފައިސާއެކެވެ.