މާދަމާއިން ފެށިގެން ވެމްކޯއިން ކުނި ނަގަމުން އަންނަ އުސޫލަށް ބަދަލު އަންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މާދަމާއިން ފެށިގެން ކުނި ނަގާނީ ވަކި އެޕާޓްމަންޓުތަކުންނެވެ. މިއީ މި މަހުގެ 15ވަނަ ދުވަހުވެސް ގެނައި ބަދަލެކެވެ. ނަމަވެސް ރަޖިސްޓްރީވުމުގެ އިތުރު ފުރުސަތު ދީ މި މަސް ނިމެންދެން ގޭގެ ބޭރުގައި ބަހައްޓާ ކުނި ނަގާ ގޮތަށް ވެމްކޯއިން ހެދިއެވެ.

Ad
rt

މި ބަދަލާއެކު މާދަމާއިން ފެށިގެން ކުނި ނަގާނީ ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަންޏެވެ. އަދި މަގުމައްޗަށް ކުނި ނެރުން މަނާ ވާނެއެވެ.

ވެމްކޯއިން ކުނި ނަގާ ވަގުތުތައް
- މާލެ: ހަވީރު 6:00ން ރޭގަނޑު 11:00އަށް

- ވިލިމާލެ: ރޭގަނޑު 8:00-11:00 އަށް

- ހުޅުމާލެ: ރޭގަނޑު 8:00-11:00 އަށް

ވެމްކޯއިން ވަނީ މިހާތަނަށް ރަޖިސްޓްރީ ނުކުރާ ގެތަކުން ވީހާވެސް އަވަހަށް ރަޖިސްޓްރީ ކުރުމަށް އެދިފައެވެ. އެ ކުންފުނީގެ ވެބްސައިޓު މެދުވެދިކޮށް މިހާރު ރަޖިސްޓްރީ ކުރެވޭނެއެވެ.