އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރުދިން މީހާއަށް ދަޢުވާކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީ.ޖީ) އޮފީހުން ބުނެފައިވަނީ މއ.ރެސްޓިންގ ހައުސް މުޙައްމަދު އިނާދު، 30 ޖޫން 2021 ވަނަ ދުވަހު ޓްވިޓަރގައި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމަށްބުނެ އިންޒާރުދިން މައްސަލައިގައި ދަޢުވާކޮށްފައިވާކަމަށެވެ.

Ad
rt

އެގޮތުން އިނާދުގެ މައްޗަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ)އާއި، 4 ވަނަ މާއްދާގެ (ށ) ގެ 2 ނަންބަރާއި، 4 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި ޙަވާލާދީ، 13 ވަނަ މާއްދާގެ (ނ) ގެ ދަށުން ޓެރަރިޒަމްގެ ޢަމަލެއް ހިންގާނެކަމުގެ އިންޒާރު ދިނުނެ ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދަޢުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށް ޕީ.ޖީ އޮފީހުން ހާމަކޮށްފައިވެއެވެ.

މިކުށުގެ އަދަބަކީ 4 އަހަރާއި 6 އަހަރާއި ދެމެދުގެ މުއްދަތަކަށް ގަލަލަށްލުމެވެ. އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށްބުނެ ޓްވީޓް ކުރި މައްސަލައިގައި މިމީހާ ހައްޔަރުކޮށްފައިވަނީ ޖުލައިމަހުގެ 3 ވަނަ ދުވަހުއެވެ.

އެނާ ދިން އިންޒާރާއި އެކު އިންޑިއާ ހައިކޮމިޝަންގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލެކަމަށް ބުނެ އިންޒާރުދީފައިވާ މުޙައްމަދު އިނާދުއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)އަށް ނިސްބަތްވާ މެމްބަރެއްކަމަށްބުނެ، އޭނާ ޕާޓީއިން ވަކިކުރުމަށް ނިންމާފައިވާކަމަށާއި މިކަން އެޕާޓީއިންވެސް ކުށްވެރިކުރާކަމަށް ބުނެ އެޕާޓީއިންވެސް ވަނީ މިމައްސަލައާއި ގުޅިގެން ނޫސްބަޔާނެއް ނެރެފައެވެ.