އެމްޑަބްލިއުއެސްސީ ޝޯރޫމުގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ޝޯރޫމުގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައި، ހާއްސަ ހަދިޔާއެއް ދީފިއެވެ.

އެ ކުންފުނިން ބޭއްވި ރަސްމިއްޔާތެއްގައި އެ ޝޯރޫމުގެ ލޯޔަލް ކަސްޓަމަރުންގެ ތެރެއިިން 10 ކަސްޓަމަރަކަށް އެއް ލައްކަ ރުފިޔާގެ ވައުޗަރު ވަނީ ދީފައެވެ. އެއީ ކޮންމެ ކަސްޓަމަރަކަށް 10،000ރ.އެވެ.

Ad
rt

މި ރަސްމިއްޔާތެއްގައި މި ވައުޗާތައް ކަސްޓަމަރުންނަށް ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މި ރަސްމިއްޔާތުގައު އެ ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމާއި ކުންފުނީގެ އެހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޝާހު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

"ޝޯރޫމުގެ ވިޔަފާރި އިތުަށް ފުޅާކޮށް ކައިރި މުސްތަގުބަލެއްގައި އިތުރު ބްރޭންޑުތަކާއި ޕްރޮޑަކްޓުތައް ގެނައުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. މިއާއެކު ޝޯރޫމުން ދޭ ހިދުމަތްތައް ވީހާވެސް ކައިރިނން ފޯރުކޮށްދިނުމަށް ޑިޓަލް ހިދުމަތް ވެސް ތައާރަފު ކުރާނަން،" ޝާހު ވިދާޅުވިއެވެ.

އަހަރީ ދުވަހާ ގުޅުވައިގެން ފެށި ޕްރޮމޯޝަނުގެ ދަށުން ފެން މީޓަރާއި ފެން ޓެސްޓު ކުރުމުގެ ހިދުމަތްތަކުން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ނޮވެމްބަރު 30ގެ ނިޔަލަށެވެ.

އެމްޑަބްލިއުއެސްސީ ޝޯރޫމުން ލިބޭ ސާމާނު
- އާރުއޯ ޕްލާންޓް
- މެމްބްރޭންސް
- ޕަމްޕް
- ޓޭންކް
- ހޮޅި
- ފިޓިން
- ފެން މީޓަރ
- ސްޕެއާ ޕާޓުތައް

މީގެ އިތުރުން އެ ކުންފުނީގެ ލެބޯޓްރީ މެދުވެރިކޮށް ފެން ތަހުލީލު ކުރުމުގެ ހިދުމަތް ވެސް އެ ކުންފުނިން ފޯރުކޮށްދޭނެއެވެ.