ޕޯސްޓު އޮފީހުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދިއްޖެއެވެ.
ޕޯސްޓުން ކުރި ޓްވީޓެއްގައި ބުނީ ގިނަ ބަޔަކަށް ޕޯސްޓު އޮފީހުގެ ނަމުގައި މެސެޖުތަކެއް ލިބޭ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. ނަމަވެސް ބޭންކް އެކައުންޓުގެ ތަފްސީލު ހާމަ ކުރަން ޕޯސްޓުން މެސެޖު ނުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Beware! Do not transfer money or share card details to any party with regard to a text msg on behalf of Maldives Post.
Maldives Post will never send a message or a payment link to customers asking to disclose bank details or transfer funds. pic.twitter.com/wdTm0k8NgP
— Maldives Post (@MaldivesPost) September 28, 2021
ބައެއް މީހުންނަށް ލިބުނު މެސެޖުތަކުގައި ބުނެފައިވަނީ އެ މީހުން އޯޑަރު ކުރި ޕެކޭޖަށް ފައިސާ ދެއްކުމަށެވެ. އަދި ފައިސާ ނުދައްކާނަމަ ޕެކޭޖު އަނބުރާ ފޮނުވާލާނެ ކަމަށްވެސް މެސެޖުގައި ބުނެއެވެ.
މި މެސެޖާއެކު ޕޭމަންޓު ހެދުމަށް ލިންކެއްވެސް ފޮނުވައެވެ. ނަމަވެސް އެއްވެސް މީހަކު އެ ލިންކު މެދުވެރިކޮށް ފައިސާ ނުދެއްކުމަށް ޕޯސްޓު އޮފީހުން އެދެއެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!