ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބުދު ﷲ މައުސޫމް އޭނާ ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
ޑރ. މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ދެންއޮންނަ ގައުމީ ކޮންފަރެންސްގައި ޕާޓީގެ އިންތިޚާބު ބާއްވާއިރު ޕާޓީގެ "ރައީސް" ކަމަށް ކުރިމަތި ލުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ.
ޑރ. މައުސޫމް ވަނީ ޖޭޕީގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވާފައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ރާއްޖެއިން ސިންގަޕޯއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އައްޔަނު ކުރެއްވުންނެވެ.
ޖުމްހޫރީ ޕާޓީގެ ދެންއޮންނަ ގައުމީ ކޮންފަރެންސްގަ ޕާޓީގެ އިންތިޚާބު ބާއްވާއިރު ޕާޓީގެ "ރައީސް" ކަމަށް ކުރިމަތި ލުމުގެ ވިސްނުމެއް އެބަ ގެންގުޅެން ....
— Abdulla Mausoom (@Mausoom_Maus) September 20, 2021
ޑރ. މައުސޫމަކީ މި ސަރުކާރު ގެނައުމަށް މަސައްކަތްކުރި ޖޭޕީގެ މެންބަރުންގެ ތެރެއިން ވަރަށް އިސް ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!