ރަސްފަންނުގައި ކަޅު ތެޔޮ ހުރުމުގެ ސަބަބުން އެތަން ބަންދުކޮށްފިއެވެ.
އެ ސަރަހައްދުން ތެޔޮ ފެނުނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މިކަމާގުޅިގެން ބަންދުކޮށްފައިވަނީ އައިޖީއެމްޗާ ވީ ސަރަހައްދެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުންނާއި ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތަތްތެރިވަމުންނެވެ. އެގޮތުން އެމްއެންޑީއެފުން އަންނަނީ ތެޔޮ ނެގުނަށް ސްޕޮންޖް ޝީޓުތަކެއްް ބޭނުން ކުރަމުންނެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، މާލޭ ސިޓީ ރަސްފަންނު މޫދު ސަރަހައްދަށް ގިނަ އަދަދަކަށް ތެއޮ ޖަމާވުމާ އެކު އެމްއެންޑީއެފް ކޯސްޓުގާޑުގެ ޑައިވިން ޔުނިޓްގެ ޑައިވަރުން މި ސަރަހަށްދު ސާފު ކުރުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
Male’ City Rasfannu moodhu sarahahdhah gina adhadhakah theyo jamaavumaa eku MNDF Coast Guard Diving Unit ge diverun mi sarahahdhu saafu kurumugai harakaaiytherivanee. Mi kamuge report libifaivanee miadhu 18:30 haairu. pic.twitter.com/TOuUpeHNmK
— Maldives National Defence Force (@MNDF_Official) September 16, 2021
އެމްއެންޑީއެފްއިން ވިދާޅުވީ މި ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 18:30 ހާއިރުކަމަށެވެ.

އެދަރަހައްދުގައިހުރި މީހަކު މިނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ތެޔޮ ލީކްވެފައިވަނީ އެސަރަހައްދައް ލެއްގި ތެޔޮ ފީފާއެއް ފަޅައިގެން ގޮސްގެންކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!