ވެމްކޯއިން އެ ކުންފުނީގެ ހިދުމަތްތަކަށް ރަޖިސްޓްރީވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގައި ގެނައި ބަދަލުތައް މިހާރު އުވާލާފައި ވާތީ، ރަޖިސްޓްރީ ކޮށްފައިވާ ގެތަކުން އެކަނި ކުނި ނަގަން ނިންމާފައިވާ ކަމަށެވެ.

Ad
rt

ނަމަވެސް ރަޖިސްޓްރީ ނުކުރާ ގެތަކުން ވެސް މި މަސް ނިމެންދެން ކުނި ނަގާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަޖިސްޓްރީ ކުރުމުގެ އިތުރުން މިހާތަނަށް ނުދައްކައި ހުރި ބިލުތައް ދައްކައި ހަލާސް ކުރުމުގެ ފުރުސަތު ވެސް އެކުންފުނިން ވަނީ ހުޅުވާލައިފައެވެ.

ވެމްކޯއިން ބުނެފައިވާ ގޮތުގައި މިހާތަނަށް އެ ކުންފުނީގެ ހިދުމަތަާް ރަޖިސްޓްރީ ކޮށްފައިވަނީ މާލެ ސަރަހައްދުގެ 16،000 ގޭބިސީންނެވެ.

މީގެ ތެރެއިން 12،000 އެއްހާ ގޭބިސީން ބިލުތައް ނުދައްކާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ ކުންފުންޏަށް ލިބެން ޖެހޭ 59 މިލިއަން ރުފިޔާ އެބަހުރި ކަމަށް ވެސް ވެމްކޯއިން ބުންޏެވެ.