ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯއެއް އާންމު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި 36 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، އެމީހާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.

Ad
rt

ޓިކް ޓޮކްގައި ޔާޔާ ނަބީލްގެ ނަމުން މަޝްހޫރު އެމީހާ ބަރަހަނާ ވީޑިއޯއެއް އާންމުކުރިތާ ދެތިން ދުވަސްވެފައިވާއިރު ސޯޝަލް މީޑިއާގައި އެކަން ވަނީ ވަރަށް ހޫނުވެފައެވެ.

އޭނާ އަކީ އަންހެން ހެދުންލައިގެން މޭކަޕްކޮށް އަންހެނެއް ހެން ވީޑިއޯ ކުޅެ ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ މީހެކެވެ.