މަސްތުވާތަކެތީގެ ނުރައްކަލުން މިގައުމު ސަލާމަތްކުރަން ޖެހޭނީ އެންމެ ނިކަމެތި މީހާގެ މަސައްކަތުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންތަކާއި، ސަރުކާރުގެ މަސައްކަތްތަކާ ގުޅިގެން އުމަރު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މަސްތުވާ އެއްޗެތީގެ ހާލަތު ބަދަލު ކުރުމަށް ސިޔާސީ ވެރިން ވިސްނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

Ad
rt

"އެމީހުންގެ ގެތަށް ހުރީ ބުރިބުރި އަށް ނަގާ، ގޭޓްގައި ތަޅުލާ، ކެމެރާ ހަރުކޮށްފައި. ގިނަ މީހުންގެ ދަރިން ތިބީ ބޭރު ޤައުމު ތަކުގަ. އާއިލާ ތަށް ތިބީ ބޭރު ޤައުމު ތަކުގަ. ގިނަ ބޭފުޅުން ވަނީ ބޭރު ޤައުމު ތަކުން ގެދޮރޮ ބައްލަވައިގެންފަ. އެމީހުންގެ ދަރިޔަކު މި ޒަހަރުގައި ޖެހިއްޖެނަމަ، ބަހައްޓަނީ ބޭރު ޤައުމެއްގައި"

އުމަރު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ފުލުހުން ވަނީ ދާދި ފަހުން ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފައެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބެލެވޭ ތަންތަން ގާޑު ކުރުމާއި 24/7 ގަޑި އިރު އެތަންތަނުގައި ފޯރިމަރަން ވަނީ ފަށާފައެވެ.

މީގެ އިތުރަށް ޑްރަގް ކެފޭތަކުގެ ގޮތުގައި ހިންގަމުން އަންނަ ތަންތަނުގެ ވެރިންނަށް އެކަން ހުއްޓުވުމަށް އިންޒާރު ދީފައިވާއިރު، އެފަދަ މައްސަލައެއްގައި އެކަކުގެ މައްޗަށް ދައުވާ ވެސް ވަނީ އުފުލާފައެވެ.