ބ. ކެންދޫ އާއި ބ. ކަމަދޫގައި އެމްޑަބްލިޔުއެސްސީ އިން ހިންގާ ފެނާއި ނަރުދަމާގެ މަސައްކަޔް ކުރިއަށްދާގޮތް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރި ހަސަން ޝާހު ބައްލަވާލައްވައިފިއެވެ.
ޝާހު މި ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ބައްލަވާލެއްވީ މިހާރު ބ. އަތޮޅަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައެވެ.
މި ދެ ރަށުގައި ހިންގާ ޕްރޮޖެކްޓުތަކުގެ ދަށުން މިހާރު ކުރިއަށްދަނީ އާރުއޯ ބިލްޑިންގެ މަސައްކަތެވެ.
ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި އާރުއޯ ބިލްޑިންއަކާއި 5.4 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ގާއިން ކުރާނެއެވެ. އަދި ފެން ރައްކާކުރުމަށް ތިން ތާނގީއާއެކު ފެން ހިންދާ ނިޒާމެއްވެސް ގާއިމް ކުރާނެއެވެ.
އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 4.88 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށް ދެ ޕަންޕިން ސްޓޭޝަނާއި ސީއައުޓްފޯލް އެއް ގާއިމް ކުރާނެއެވެ.
ކަމަދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 4.38 ކިލޯ މީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީއެއް އިމާރާތް ކުރާނެއެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓު ބަހައްޓައި ފެން ރައްކާކުރުމަށް ތިން ތާނގީ ބަހައްޓާނެއެވެ.
Managing Director @hassanshaahu visits B. Kendhoo to inspect the progress of ongoing Water & Sewerage Project. Currently RO Building construction works are well underway.#MWSCAsaasee pic.twitter.com/x0uoWfG7hc
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) September 10, 2021
އެ ރަށުގެ ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 3.88 ކިލޯ މީޓަރުގެ ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކޮށް، 474 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ދެ ޕަންޕިން ސްޓޭޝަނާއި ސީއައުޓްފްލޯއެއްގެ އިތުރުން އިދާރީ ބިލްޑިން އިމާރާތް ކުރާނެއެވެ.
Managing Director @hassanshaahu visits B. Kamadhoo to inspect the progress of ongoing Water & Sewerage Project.
Currently RO facility building and sewer network pipe-laying works are well underway.#MWSCAsaasee pic.twitter.com/CEETmYTWvt
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) September 10, 2021
ކަމަދޫ ފެނާ ނަރުދަމާ ނިޒާމުގެ މަސައްކަތް 56.66 މިލިއަން ރުފިޔާއަށް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާއިރު ކެންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލުކޮށްފައިވަނީ 56.24 މިލިއަބް ރުފިޔާ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!