ނ.އަތޮޅު ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ބާއްވާ މަސައްކަތު ބައްދަލުން ނ. ވެލިދޫގައި މިއަދު ފަށައިފިއެވެ.
މިމަސައްކަތު ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ރައީސްއާއި ކައުންސިލަރުންގެ އިތުރުން އެލް.ޖީ.އޭ ގެ ސީއީއޯ އާއި އޮމްބަޑްސްމަން އޮފީހުގެ ޤާނޫނީ ބޭފުޅުންގެ އިތުރުން ވިމެން ޑިވެލޮޕްމެންޓް ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) ގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.
170 ލޯކަލް ގަވަރންމެންޓް އޮފިޝަލުންނާއި އެކު ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ލާމެހިފައިވާ އަތޮޅު ޕްލޭންއެއްގެ ތެރެއިން ތަރައްގީގެ ޕްލޭނާއި ބިމާ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް ކަނޑައެޅުމާއި ބެހޭ ގޮތުން މަޝްވަރާތައްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ލާމަރުކަޒީ ޤާނޫނުން ވަނީ ރަށާއި އަތޮޅުގެ ވަސީލަތްތައް ކަނަޑައެޅުމާއި ބެހޭ ނިންމުމުގެ މަސައްކަތަތައް ރަށްރަށުގެ އިހުތިސާސީ ބަރާއެކު ރަށު ކައުންސިލްތަކަށް ދޫކޮށްފައެވެ.
ނަމަވެސް ވަކި ރަށްރަށުގެ ބިންބޭނުންކުރާނެ ގޮތުގެ ނިންމުންތަކާއި، ތަރައްގީގެ މަސައްކަތްތައް މުޅި އަތޮޅުގެ އާބާދީގެ ފައިދާއަށް އަތޮޅުގައި ހިންގޭނެ ގޮތް މިޤާނޫނުގައި ބަޔާންކޮށްފައިވާގޮތް އެހާ ސާފްނުވާތީ މަޝްވަރާކޮށްގެން މިކަންކަމަށް ހައްލު ހޯދަންޖެހޭކަމަށް ކައުންސިލްއިން ވަނީ ހާމަކޮށްފައެވެ.
މިހާރު އަތޮޅުގެ ތެރޭގައި ހުރި ވިއުގަތަކާއި އޭގައިވާ ރަށު ނޯޑުތަކުގެ ތެރޭގައިވާ ވަސީލަތަތަކާއި ޙިދުމަތްތައް އެތުރިފައިވާ ގޮތްތައް ތަހުލީލީ ބެލުމަކުން ދެނެގަނެ، ލާމެހިފައިވާ އަތޮޅު ވިސްނުމެއްގެ ތެރެއިން މުޅި އަތޮޅުގެ ބިން ބޭނުންކުރާނޭ ގޮތެއް ހޯދުމަށާއި، އަތޮޅުގައިވާ ވަސީލަތްތައް މަދު ރަށްރަށަށް ލުއި ލިބި، ވަކިވަކިން ރަށްރަށަށް ޕްލޭންކުރަމުން ގެންދާ ސަގާފަތުން އުފެދޭ ޕްލޭނިންގ ބާގަނޑުތައް ނައްތާލެވޭނެއެވެ.
އަތްފޯރާފަށުގައި ބޯހިޔާވަހިކަމާއި، ލުއިފަސޭހަ ދަތުރުފަތުރާއި ވިޔަފާރި އަދި ހިތް އުފާކުރުމުގެ ފުރުސަތުތަކުގެ މަގު އެންމެނަށް އަދުލުވެރި އުސޫލަކުން ހުޅުވިފައި އޮތުމަށް އިސްކަންދެވޭނެފަދަ، ލާމެހިފައިވާ އަތޮޅު އޮނިގަނޑެއްގެ ތެރެއިން ހުރިހާ ރަށްތައް ހިމެނޭގޮތުން ބިންބޭނުންކުރާނެގޮތް ކަނޑައެޅުމުން، ދެމެހެއްޓެނިވި އެސޫލުން ރަށު ތަރައްގީގެ ނިންމުންތައް ކާމިޔާބުކަމާއި އެކު ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެއެވެ.
ރައްޔިތުންގެ ބައިވެރިވުން ފުރިހަމައަށް އެކުލެވޭ ރޭވުންތެރި މަރުހަލާތަކުން ރަށާއި އަތޮޅުގެ ބިން ވަސީލަތްތައް ބޭނުންކުރާނެގޮތްތައް ބެހިފައިހުރި ގޮތާއި މިންވަރާއި އެކަންކަމިގައި ހުރި ރަގަޅު ނުރަނގަޅުކަކަން ގުނާ އަދަދުކުރެވުމުން ދެން ބިން ބޭނުންކުރާނެ ގޮތް ކަނޑައަޅުމާއި ތަރައްގީގެ ނިންމުންތައް ކަނޑައެޅުމުގައި ފަނާކުރަނިވި ގޮތްތައް މަދުކޮށް، ދެމެހެއްޓެނިވި، މިނެކިރައިގެން ތަރައްގީ ކުރާ ހަމަޔަކުން، މުސްތަގުބަލުގެ އެހުލުވެރިންގެ ބޭނުމަށް ރައްކާކުރެވޭނެ ފަދައިން ރަށާއި އަތޮޅުގެ ބިން ތަރައްގީއަށް ކަނޑައެޅުންތައް އިންސާފުކުރެވޭނެއެވެ.
އަދި ގުދުރަތީ ސަޤާފީ ތަރިކައިގެ ހަމައަގުގައި އާ ބާވަތުގެ ރަށު އަދި ސަރަޙައްދީ އިޤުތިޟާދުތައް އާލާވެ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި އެއްކީލިވާ، މޫސުމީ ކަންބޮޑުވުންތަކަށް ތަސައްލީއެއް ހޯދާފަދަ ލާމެހިފައިވާ އަތޮޅު ތަރައްގީގެ ޕްލޭނެއް އެކުލަވާލެވޭނެއެވެ.
މަސައްކަތު ބައްދަލުވުމުގައި ޕްލޭންތަކަށް އިސްލާހު ގެނެސް އެމް.އޯ.ޔޫގައި ސޮއިކުރުމަށްވެސް ވަނީ ރާވާފައެވެ. މިމަސައްކަތު ބައްދަލުވުން މިއަދު ހަވީރާއި ހަމައަށް ކުރިއަށްދާނެކަމަށް ނ އަތޮޅު ކައުންސިލްއިން މަޢުލޫމާތުދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!