ބ. އަތޮޅުން ސްނޯކްލިން އަށް ގޮސް އުޅުނު މީހެއްގެ ގަޔަށް ހިބަރެއްގެ ތުންގަނޑު ހެރި އެމީހާ ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ ބ. މާޅޮހުން ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ކަމަށެވެ.

Ad
rt

އެމީހާ ބ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު 16:10ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ހިބަރުގެ ތުންގަނޑު ހެރުނީ މެޔާ ދިމާލަށް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެމީހާ މަރުވެފައިވާ ކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.