މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ބެލެވޭ ތަންތަން ފުލުހުން ބަލާ ފާސްކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ފާހަގަކުރެވިފައިވާ ތަންތަނަށް މީހުން ވަނަނުދީ، އެކަން ހުއްޓުވަން ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށާފައިވާ ކަމަށެވެ.

Ad
rt

އެ އޮޕަރޭޝަން ފެށީ މިއަދު ހެނދުނު 7:00 އިން ފެށިގެން ކަމަށް ވެސް ބުންޏެވެ.

މި އޮޕަރޭޝަންގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ ތަންތަނުގައި 24 ގަޑިއިރު ފުލުހުން ޑިއުޓީ ކުރަމުން ގެންދާނެ ކަމަށާއި، އަދި އެފަދަ ހިދުމަތް ދެމުން އަންނަ ކަމަށް ފާހަގަކުރެވިފައިވާ 25 ތަނެއްގެ ވެރިންނަށް ގާނޫނީ އިންޒާރުވެސް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުން ކުރާ ތަންތަނާ ގުޅޭ 8 މައްސަލައެއް މިހާރު ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށެވެ.

އަދި އެފަދަ އިތުރު 4 މައްސަލައެއްގެ ތަހުގީގު ނިންމައި ޕީޖީ އަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.