ހުޅުމާލޭ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ 147 ވަނަ ފްލެޓުގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ.

Ad
rt

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

އެ ސަރަހައްދުން މައުލޫމާތުދިން މީހަކު ބުނީ އަލިފާންގަނޑު ބޮޑަށް ހިފާފައި ވަނީ ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ.

މިހާރު އަލިފާންގަނޑު ނިވާލާފައިވީ ނަމަވެސް އަދިވެސް އެ ކޮޓަރީގައި އަލިފާނުގެ އަސަރު އެބަހުރި ކަމަށާއި، މުޅި ގޭތެރޭގައި ދުމުގެ އަސަރު އެބަހުރި ކަމަށެވެ.

އޭނާ ބުނީ އަދި އެއްވެސް މީހަކަށް އަނިޔާވި ކަން އެނގިފައި ނުވާ ކަމަށާއި، އެމްއެންޑީއެފް އިން މިހާރު ގޭ ތެރެއަށް ވަދެ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އަދި އެއްވެސް މީހަކު އެތަނުން ނެރެފައި ނުވާ ކަމަށް ވެސް ބުންޏެވެ.