އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން އަންނަ ހުކުރު ދުވަހުގެ ރޭ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އެ ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާޢު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ޝުޖާޢު ވިދާޅުވީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ބާއްވާ "އައްޑަނަ" ޖަލްސާ 03 ސެޕްޓެމްބަރ 2021 ވާ ހުކުރު ދުވަހުގެރޭ 08:15 ގައި މާލެ ސިޓީގެ އަލިމަސްކާނިވަލުގައި އޮންނާނެ ކަމަށެވެ.
އިދިކޮޅުން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައި ހަރަކާތްތައް ވަރުގަދަ ކޮށްފައި މިވަނީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޢަބުދު ﷲ ޔާމީން އަބުދުލްޤައްޔޫމްގެ މައްޗަށް ޙުކުމް ކުރީ "ރަހީނުކޮށްގެން" ކަމަށް އެ މައްސަލަ ބެއްލެވި ބެންޗްގައި ހިމެނޭ ކްރިމިނަލް ކޯޓުގެ ގާޟީއެއް ވިދާޅުވާ އޯޑިއޯއެއް ވަނީ ލީކު ކޮށްލާފައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ބާއްވާ “އައްޑަނަ” ޖަލްސާ 03 ސެޕްޓެމްބަރ 2021 ވާ ހުކުރު ދުވަހުގެރޭ 08:15 ގައި އަލިމަސްކާނިވަލުގައި އޮންނާނެ.މި ޖަލްސާއަށް ދިވެހި ޤަޢުމުދެކެ ލޯބިވާ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަން.#އައްޑަނަ #Addana @ProgressPartyMV pic.twitter.com/L0Vd7cbc8O
— Ibrahim Shujau (@IbrahimShujaau) August 30, 2021
އަދި އެ ޙުކުމްގައި އޮތް އެއްޗެއް ނުވެސް އެނގޭކަމަށް އެ ބެންޗްގައި ހިމެނިވަޑައި ގަންނަވާ އެހެން ގާޟީއެއް ވިދާޅުވާ އިތުރު އޯޑިއޯ ވެސް ވަނީ ލީކުވެފައެވެ.
އެ އޯޑިއޯތަކުގައި ވަނީ ޔާމީންގެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ.
ނަމަވެސް ސަރުކާރުން މިއަދު ވިދާޅުވެފައި ވަނީ އެ އޯޑިއޯތަކާއި ސަރުކާރާއި ގުޅުވާ ކުރާ ތުހުމަތު ތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!