ޅ. އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ފެންޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީބިލްޑިންގެ މަސައްކަތް ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެރަށަށް ގެންގޮސްފައި ވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން އޮޅުވެލިފުށީގައި 9.71 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކޮށް، އާރުއޯފެސިލިޓީ ބިލްޑިން އިމާރާތް ކޮށް، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާނގީ ބަހައްޓާނެއެވެ. އަދި ގޭގޭގައި ފެން މީޓަރުބަހައްޓައި، ފެނުގެ ކަނެކްޝަން ވެސް ގުޅައިދޭނެއެވެ.

އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 6.56 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކޮށް، 1.60 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި،ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 4 ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލްއެއް ގާއިމްކުރާނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާކަނެކްޝަން ގުޅައިދޭނެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖެނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާސާމާނުވެސް އެ މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެ ކަމަށެވެ.

މިއީ 80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމަން އެމްޑަބްލިއުއެސްސީއަށް ވަނީ540 ދުވަހުގެ މުއްދަތެއް ދީފައެވެ.