ހިޔާ ޓަވަރުތަކުގެ ލިފްޓްތައް ކޮމިޝަން ކޮށް ނިމެން ދެން ކަރަންޓުދިނުން މެދުކަނޑާލައިފިއެވެ.
ސްޓެލްކޯ އިން ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުން މެދުކަނޑާލީ ވަގުތީގޮތުން ކަމަށެވެ. ކަރަންޓު ދިނުން މެދުކަނޑާލީ މިިދިޔަ ހުކުރު ދުވަހު ހިޔާ ޓަވަރެއްގެލިފްޓު ތެރޭގައި ބަޔަކު ތާށިވުމާ ގުޅިގެން އެޗްޑީސީގެ އެންގުމާ އެކު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިޔަށް ގެންދާނީ އެ މަސައްކަތްތައް ނިމި، ޚިދުމަތް ދިނުން ކުރިޔަށް ގެންދިއުމަށްއެޗްޑީސީން އެންގުމުން ކަމަށެވެ. އަދި ކޮމިޝަން ނުކޮށް ހުރެއްޖެނަމަ ލިފްޓު ތެރޭގައި ތާށިވުން ފަދަ އިތުރު ހާދިސާތައް ދިމާވެދާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހައުސިން ޔުނިޓް ތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފެށީ މި މަހުގެ 17 ގަ އެވެ. އެގޮތުން ކޮންމެދުވަހެއްގެ ވެސް ހެނދުނު 9 އިން ހަވީރު 5 އަށް ސްޓެލްކޯ ދިޔައީ ކަރަންޓު ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!