ހދ. ކުރިނބީގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން ފެނަކަ ކޯޕަރޭޝަނުން އެ ރަށަށް ޖަނަރޭޓަރެއް ގެންގޮސްފިއެވެ.

ފެނަކައިން ބުނީ އެ ރަށުގައި މިހާރު ހުރި ޖެނަރޭޓަރުން ހިދުމަތް ފޯރުކޮށްދެވޭ ވަރަށްވުރެ ކަރަންޓަށް އޮތް ޑިމާންޑު ބޮޑުވެފައި ވަތީ، ދެތެރެއަކުން ކަރަންޓު ކެނޑޭކަމަށެވެ.

Ad
rt

ނަމަވެސް އަލަށް ގެންދިޔަ ޖެނަރޭޓަރުގެ ސަބަބުން،އެ ރަށުގެ 450 މީހުންގެ އާބާދީއަށް މެދުނުކެނޑި ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިންބުންޏެވެ.

ކުރިނބީއަށް ފެނަކައިން ގެންދިޔައީ 250 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ ރަށްތަކަަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ކަރަންޓުގެ ކެޕޭސިޓީއިތުރުކުރުމަށް ޖަނަރޭޓަރުތައް ދަނީ އެކި ރަށްތަކަށް ގެންދަމުންނެވެ.