ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ފްލެޓުތަކަށް ކަރަންޓު ދިނުން މެދުކަނޑާލާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން މިއަދު ކަރަންޓު ދިނުމަށް ހަމަޖެހިފައި އޮތީ ޓަވަރު ތިނެއް އަދި ހަތަރެއްގެ ފްލެޓުތަކަށެވެ. ނަމަވެސް އެ ޓަވަރުތަކުގެ ލިފްޓުތަކަށް ދިމާވި ޓެކްނިކަލްމައްސަލައަކާ ގުޅިގެން ކަރަންޓު ދިނުމުގެ މަސައްކަތް އެޗްޑީސީގެ މަޝްވަރާގެ މަތިން މިއަދަށް މެދުކަނޑާލަން ޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

އެ ކުންފުނިން ބުނިގޮތުގައި ކޮންޓްރެކްޓަރު މެދުވެރިކޮށް މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން ގެންދާނެއެވެ. މި މައްސަލަ ހައްލުކޮށް އެ ދެޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނެ ދުވަހެއް އެ ޓަވަރުތަކުން ފްލެޓް ލިބުނު މީހުންނަށް އެސްއެމްއެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްއަންގާނެއެވެ.

ސްޓެލްކޯ އިން ކޮންމެ ދުވަހަކުވެސް ކަރަންޓު ދެމުން ދަނީ ދެ ޓަވަރަކަށެވެ. އަދި އެ މަސައްކަތް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކުރެއެވެ.