ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެނބުރި މާލެ ވަޑައިގެންފިއެވެ.

ތ އަތޮޅަށް ކުރެއްވި ދެ ދުވަހުގެ ކުރު ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހަތް ރަށަކަށް ޒިޔާރަތްކުރައްވާފައެވެ. އެގޮތުން އެ އަތޮޅު ތިމަރަފުއްޓަށާއި، ކިނބިދޫއަށާއި، އޮމަދޫއަށާއި، ވޭމަންޑޫއަށް ވަޑައިގެންނެވިއެވެ.

Ad
rt

މީގެ އިތުރުން ވަންދޫއަށާއި، ކަނޑޫދޫއަށާއި، ގާދިއްފުށްޓަށް އެމަނިކުފާނު ވަޑައިގެންނެވިއެވެ.

ރަށްރަށަށް ކުރެއްވި ޒިޔާރަތްތަކުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކުރައްވާ އެތަންތަނުގެ ޙާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، މަސްވެރިންނާއި، ދަނޑުވެރިން އަދި، ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ވެސް ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅު އޮމަދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު ރައްޔިތުންނާވެސް ބައްދަލުކުރެއްވިއެވެ.