ރާއްޖޭގެ ބާޒާރުގައި ކަނޑުމަހުގެ ބައެއް ބާވަތްތައް ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްގެން ވިއްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ކަނޑުމަސް ވިއްކާއިރު އޭގެ ރަތް ކުލަ ހިފެހެއްޓުމަށްޓަކައި ކާބަން މޮނޮކްސައިޑް ޓްރީޓް ކޮށްގެން ލޭބަލްގައި އެ މަޢުލޫމާތު ނުހިމަނާ ވިއްކަމުން ދާކަން އެ އޮތޯރިޓީން ނެގި ސާންޕަލް އިން ކަށަވަރުވެފައި ވާކަމަށެވެ.

Ad
rt

ކާބަން މޮނޮކްސައިޑް ޓްރީޓްމަންޓް ދިނުމުން ކަނޑުމަހުގެ ބާވަތްތަކަށް ގެނެސްދޭ ތާޒާ ރަތްކުލައަކީ ރޯ މަހުގެ ތާޒާކަން ގެއްލުނަސް އެކުލަ ބަދަލުނުވާ ކުލައެއްކަމަށްވެސް އެމްއެފްޑީއޭ އިން ފާހަގަކުރެއްވިއެވެ.

އަދި ރޯމަހުގެ ކުލައަކީ އޭގެ ތާޒާކަން ބެލުމަށް ބަލާ އެއްމިންގަނޑު ކަމުން، ކާބަން މޮނޮކްސައިޑުން ޓްރީޓް ކުރުމަކީ މަހުގެ އަސްލު ކުލަ ފޮރުވި ގަންނަފަރާތަށް އޭގެ ތާޒާކަން އޮޅޭނެ ފުރުޞަތު އޮތްކަމެއްކަންވެސް އެ އޮތޯރިޓީން ފާހަގަކުރެއްވިއެވެ.

މިކަމަމާ ގުޅިގެން އެމްއެފްޑީއޭ އިން ވަނީ މަސް ވިއްކާ އަދި ގަންނަ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އަންގާފައެވެ. އަދި މިފަދަ އުފެއްދުން ވިއްކަން ހުރިނަމަ ނުވަތަ ޝައްކުވާނަމަ އެ އޮތޯރިޓީގެ ވައިބަރ ނަންބަރު 7603204 އަށް ފޮޓޯއާއެކު މަޢުލޫމާތު ހިއްސާ ކުރުމަށްވެސް ދެންނެވިއެވެ.