ކޯވިޑް-19ގެ އެންމެ ކޭހެއް ފެނިގެން މުޅި ނިއުޒިލޭންޑް ލޮކްޑައުންކޮށްފިއެވެ.
ކޯވިޑް ޕޮޒިޓިވް ކޭހެއް ފެނި، ނިއުޒިލޭންޑް ފުލް ލޮކްޑައުންއަކަށް ގެންދިއުމަށް އެގައުމުގެ ބޮޑު ވަޒީރު ޖަސިންދާ އަރްދާން ނިންމަވާފަވާއިރު، މިއީ ފެބްރުއަރީ މަހަށް ފަހު އެގައުމުން ކޯވިޑް ކޭހެއެއް ފެނުން ފުރަތަމަ ފަހަރެވެ. ނިއުޒިލޭންޑްއިން މިފަހަރު ޕޮޒިޓިވްވެފައިވަނީ 58 އަހަރުގެ މީހެކެވެ.
މިމީހާ އެޤައުމުގެ އެކި ހިސާބުތަކަށާއި ބޯޑަރު ހިމެނޭ ސަރަހައްދު ތަކަށް ވެސް ދަތުރުކޮށްފައިވާތީ އޭނާއާއި ގުޅުންހުރި ކަލަސްޓަރސް ފެންނާނެކަމަށް ދެކި ޤައުމު ބަންދުކުރަން ނިންމެވީކަމަށް ބޮޑު ވަޒީރުވަނީ ޕްރެސްކޮންފެރަންސްގައި ވިދާޅުވެފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބޮޑު ވަޒީރު ޖަސިންދާ އަރްދާން ވިދާޅުވީ، ޕޮޒިޓިވްވި މީހާ އެގައުމުގެ އެކި ހިސާބުތަކަށާއި ބޯޑަރު ހިމެނޭ ސަރަހައްދު ތަކަށް ވެސް ދަތުރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެމީހާއާއި ގުޅުންހުރި ކްލަސްޓާ އެއް އުފެދިފައިވުމުގެ ފުރުޞަތު އޮތްކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ފާމަސީތަކާއި ސުޕަމާކެޓް ފަދަ ޒަރޫރީ ބޭނުންތަކުގައި ދާންޖެހޭ ތަންތަން ފިޔަވައި އެހެން ހުރިހާ ތަނެއް ބަނދުވާނެކަމަށާއި ހުރިހާ ރައްޔިތުންވެސް ގޭގައި ތިބުމަށް ބޮޑުވަޒީރު ގޮވާލައްވާފައިވެއެވެ. އަދި މިއަދުން ފެށިގެން 4 ދުވަސް ވަންދެކަމަށް އެގައުމު އެއްކޮށް ބަންދުވާނެކަމަށް ވިދާޅުވިއެވެ.
ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވެފައިވާ މީހުން ހޯދަމުން އަންނަކަމަށް އެގައުމުގެ ހެލްތު ޑިރެކްޓަރ ޖެނެރަލް އޭޝްލީ ބްލުމްފީލްޑް ވަނީ ވިދާޅުވިއެވެ.
މިދިޔަ 2020 ވަނަ އަހަރުވެސް ނިއުޒިލޭންޑް ވަނީ ފުލް ލޮކްޑައުންއަކަށް ގެންގޮސްފައެވެ. އެފަހަރު އެޤައުމުން ވަނީ ހުރިހާ ބޯޑަރުތަކެއް ބަންދުކޮށް ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށްޓަކައި ވަރަށް ހަރުކަށި ފިޔަވަޅުތައް އަޅާފައެވެ. 5 މިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ނިއުޒިލޭންޑްގައި ކޯވިޑް ޖެހިފައިވާ މީހުންގެ އަދަދު 3000 ވެސް ނާރާއިރު، 26 މީހުން މި ބަލީގައި މަރުވެފައިވާކަމަށް ރެކޯރޑްތައް ދައްކައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!