މާދަމާއިން ފެށިގެން ރާއްޖޭގައި ފައިޒާރ ވެކްސިން ޖަހަން ފަށާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ މާދަމާއިން ފެށިގެން މާލެއާއި އަތޮޅުތެރޭގައި ފައިޒަރ ވެކްސިން ޖަހަން ފަށާނެ ކަމަށެވެ. އަދި އެ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ޖެހުން ހުއްދަ ވެކްސިން އަކަށް ވާތީ އެ ވެކްސިން ޖަހާނީ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކަމަށް ބުނެފައިވެއެވެ.
އެގޮތުން އެ އުމުރގެ ކުދިންނަށް ވެކްސިން ޖަހަން ހަމަޖައްސާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެންނެވެ. އެގޮތުން މިދިޔަ އަހަރު ދިރާސީ އަހަރު ނިމުނު ދަރިވަރުންނަށް ވެސް ވެކްސިން ދެނީ މިނިސްޓްރީ މެދުވެރިކޮށެވެ.
މީގެ އިތުރަށް ވެސް ވެކްސިން ޖަހާނެ މީހުން އާންމުކޮށްފައިވާއިރު އެއީ:
މާބަނޑު މީހުންގެ - މާބަނޑު މީހުންގެ ތެރެއިން ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ޖަހާނީ ފައިޒަރ ވެކްސިންއެވެ.
މާބަނޑު މީހުންގެ ތެރެއިން ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކުން ފައިޒަރ ނުވަތަ އެސްޓްރާ ޖެނެކާ ވެކްސިން ޖެހުމަށް ޚިޔާރުކުރެވިދާނެއެވެ.
ކޮމިޝީލްޑް ނުވަތަ ސައިނޯފާރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެން ބޮޑު ސައިޑްއިފެކްޓެއް ކުރިމަތިވެފައިވާ، ދެވަނަ ޑޯޒަކަށް ފައިޒަރ ވެކްސިން ޖެހުމަށް އޭ.އީ.އެފް.އައި ކޮމިޓީއިން ލަފާ ދެއްވާފައިވާ ފަރާތްތައް 5 ރާއްޖެއިން ބޭރުގައި ކިޔަވާ ނުވަތަ ކިޔަވަންދާން ހަމަޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ކިޔަވަންދާ ޤައުމުގައި ހަމައެކަނި ފައިޒަރ ޤަބޫލުކުރާ ޤައުމުތަކަށް ކިޔަވަންދާ ފަރާތްތައް އަދި މީގެ އިތުރަށް ދިފާއީ ނިޒާޟު ބަލިކަށި މީހުންނަށް ވެސް ވެކްސިން ޖަހަން ނިންމާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން، އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުން، ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން (ދުވާލަކު 10 މިލިގްރާމް ނުވަތަ އެއަށްވުރެ މަތީ ޑޯޒެއް 1 މަހުގެ މުއްދަތަށްވުރެ އިތުރަށް ބޭނުންކުރުން) އަދި ގަވައިދުން ޑަޔަލިސިސް ހަދަމުންދާ މީހުންގެ އިތުރުން ކެންސަރު ބަލީގެ ފަރުވާ ހޯދާ މީހުންނެވެ.
ކުޑަކުދިް ފިޔަވާ ދެން ފައިޒަރ ވެކްސިން ޖަހާ އެންމެންނަށް ވެސް ވެކްސިން ޖަހަން ހަމަޖައްސާފައި ވަނީ އެޕޮއިންޓަމްނޓް އުސޫލުންނެވެ.
މާދަމާ މާލެ ސަރަހައްދުގައި މި ވެކްސިން ދޭން ފަށާއިރު، އާއްމުންނަށް މި ވެކްސިނަށް ޚާއްޞަކުރެވިފައިވާ ވެކްސިން ސެންޓަރުތަކަކީ:
އިސްލާމީ މަރުކަޒު (ހެނދުނު 09:00 އިން ހަވީރު 16:00 އަށް)
ހުޅުމާލޭ ހޮސްޕިޓަލް (މެންދުރުފަހު 13:00 އިން 16:00 އަށް)
ވިލިމާލޭގައި އާއްމުކޮށް ޖަހަންފަށާނީ އޮގަސްޓް 16 ވަނަ ދުވަހުން ފެށިގެން ވިލިމާލެ ޔޫތް ސެންޓަރުގައި މެންދުރު 13:00 އިން 16:00 އާ ހަމަޔަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!