ޖަޕާނު ސަރަހައްދުގައި އޮތް ޕެނަމާގެ ކޮންޓެއިނާ ބޯޓެއް ދެބުރިވެ އަޑިއަށް ދާން ފަށައިފިއެވެ.
ޓޯކްޔޯގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މި ބޯޓު ދެބުރި ވުމުން އެ ސަރަހައްދުގެ މޫދަށްވަނީ ތެޔޮ ލީކުވާން ފަށާފައެވެ.
ނަމަވެސް މި ހާދިސާގައި ހިނގި އިރު އެބޯޓުގައި ތިބީ 21 ފަޅުވެރިންނެވެ. އެއްވެސް ފަޅުވެރިއަކަށް އަނިޔާ ނުވާ ކަމަށް ނޫސްތަކުގައި ވަނީ ބުނެފައެވެ.

ބޯޓުން ތެޔޮ ލީކުވިނަމަވެސް ތެޔޮ ލީކުވުން ވަނީ މިހާރު ކޮންޓްރޯލް ކޮށްފައެވެ. ތެޔޮ ފެތުރިފައި ވަނީ 51 ކިލޯމީޓަރުގެ ރޭޑިއަސް އަކަށެވެ.

“ކްރިމްސަން ޕޮލަރިސް” ބޯޓަކީ 39،910 ޓަނުގެ ބޯޓެކެވެ. މި ބޯޓު ބުރި ވިއިރު ބޯޓުގައި ބަރުކޮށްފައި ހުރީ ލަކުޑި ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޖަޕާނުގެ ކޯސްޓު ގާޑުން އެސަރަހައްދު އަންނަނީ މޮނީޓަރ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!