ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ހުސްވި އޭޕްރިލް މަހުގައެވެ.
އެމްޓީސީސީން ބުނިގޮތުގައު އެ މަޝްރޫޢުގެ މަސައްކަތް ނިމުނީ މި މަހުގެ 2 ގައި ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 5000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި،25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެމަސައްކަތް ވަނީ ކޮށްފައެވެ.
އަދި 235 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި، 235 މީޓަރުގެ ސަރަހައްދެއްގައިޖިއޯޓެކްސްޓައިލްސް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް 2 އޯގަސްޓް 2021 ވަނަ ދުވަހު ނިމިއްޖެ. މި މަޝްރޫޢަކީ 5 މިލިއަން ރުފިޔާގެ މަޝްރޫޢެއް. #MTCCProjects pic.twitter.com/9BDQSPEgJk
— MTCC Plc (@MTCCPlc) August 11, 2021
މިއީ ފަސް މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!