މަސްތުގެ ހާލުގައި ހުރެ ދިވެހި ޓެކްސީ ޑްރައިވަރަކަށް ރޭގެ ވަގުތެއްގައި ހަމަލާދިން، އިންޑިއާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.
ހުޅުމާލޭގައި ޓެކްސީ ޑްރައިވަރެއްގެ ފުރާނައަށް ނުރައްކާވާފަދަ އަމަލެއް ހިންގި ކަމުގެ ރިޕޯޓެއް ފުލުހުންނަށް ރޭ ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރޭ 00:33 ހާއިރު ހުުޅުމާލެގައި ހިނގި މި މާރާމާރީއާއި ގުޅިގެން އިންޑިއާގެ ފިރިހެނަކު ހައްޔަރު ކޮށްފައިވެ އެވެ. މިއީ 25 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު މަސްތުގެހާލަތުގައި ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން މިހާރު ތަހްގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިދުވަސްވަރަކީ ކަރަންޓީން ވުމަށް ގިނަ އަދަދެއްގެ އިންޑިޔާ މީހުން ރާއްޖެ އަންނަމުންދާ ދުވަސްވަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!