ށ. ފީވަކުން އިތުރު 5 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއަދު ޕޮޒިޓިވްވި ފަރާތްތަކުގެ ސާމްޕަލް ތަކާއެކު އިއްޔެ އެރަށުން 7 ސާމްޕަލް އެއް ވަނީ ނެގިފައެވެ. އޭގެތެރެއިން 2 ސާމްޕަލް ވަނީ ނެގެޓިވް ވެފައެެވެ.

Ad
rt

މި ކޭސްތަކާއެކު މިހާތަނަށް ފީވަކުން ކޮވިޑަށް ޕޮޒިޓިވްވެފައި ތިބި ފަރާތްތަކުގެ އަދަދު 101 އަށް ވަނީ އަރާފައެވެ..

މީގެ އިތުރުން، ދާދި ފަހުން އެ ރަށުން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު، އިތުރު ފަރުވާއަށް ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް ފެސިލިޓީއަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް އޮތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މޮނިޓަރިން އަށް ލާފައެވެ.

ކޯވިޑްގެ ސަބަބުން އުތުރުން އެ އަތޮޅު ފޯކައިދޫ ވެސް މޮނިޓަރިންގަ އޮތްއިރު، ހދ. ގެ ވެރިރަށް ކުޅުދުއްފުށީ ސިޓީ ވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި ހއ. ވެރިރަށް ދިއްދޫއާއި އެ އަތޮޅު ތަކަންދޫ ވެސް އޮތީ މޮނިޓަރިންގައެވެ. އެޗްޕީއޭ އިން ވަކި ގޮތެއް އަންގަންދެން ހުއްދަނެތި މި ރަށްތަކަށް އަރާފޭބުން ވަނީ މަނާކޮށްފައެވެ.