ފުވައްމުލަކު ސިޓީގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހިދުމަތް ދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.
އެ ކުންފުނިން މި ބަދަލު ގެނައީ އެ ސިޓީގައި ކޯވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތުުގެ ސަބަބުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ސަބަބުންނެވެ.
މި ލުއިތަކާއެކު ވެމްކޯގެ ވިޔަފާރި އަދި ކޮމާޝަލް ހިދުމަތްތާއި ކެޕްސް އަދި ކެޕްސް ލައިޓާއި އިދާރީ އޮފީހުން މިއަދުން ފެށިގެން ހިދުމަތް ދޭނީ ހެނދުނު 8:00 ހަވީރު 4:00 އަށެވެ.
ވެމްކޯ ވޭސްޓް ސެންޓަރުން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވާފައި ހުންނާނީ ހެނދުނު 8:00 ން ހަވީރު 6:00 އަށެވެ. ހުކުުރުދުވަހު އެ ސެންޓަރު މެންދުރު 11:00 ން 2:00 އަށް ބަންދުވާނެ އެވެ.
މި ހިދުމަތްތަކަށް ބަދަލު އައިނަމަވެސް ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތް ދޭ ވަގުތުތަކަށް ބަދަލެއް ނާންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!