ފުވައްމުލަކުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް ފެނަކައިން މުޅި ރަށަށް ކަރަންޓު ދީފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ވަނީ މި މައްސަލަ ހައްލު ކުރުމަށް އައްޑޫ އިން ޓްރާންސްފޯމަރެއް ގެނެސްފައެވެ. އެއީ 4500 ކިލޯވޮޓުގެޓްރާންސްފޯމަރެކެވެ.

Ad
rt

ފުވައްމުލަކުން ކަރަންޓު ކެނޑުނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ފަތިހު 04:00 ހާއިރުގައެވެ. މި ހިދުމަތް މެދުކެނޑުނީ ފުވައްމުލަކުގައިބޭނުންކުރަމުންދިޔަ 2500 ކިލޯ ވޮޓުގެ ޓްރާންސްފޯމަރެއް ހަލާކުވެގެންނެވެ.

ފެނަކައިން ވަނީ ފުވައްމުލަކު ރައްޔިތުން އެ ކުންފުންޏަށް ދިން އެއްބާރުލުމާއި ކެތްތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.