އުރީދޫ އިން މިހާރު ކުރިއަށްގެންދާ އަތޮޅު ދުވުމުގެ ފޮޓޯ އާއި މެޑަލް، ސޯޝަލް މީޑިއާގައި ޝެއާ ކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތުހުޅުވާލައިފިއެވެ.

މި މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާ މި ދުވުމުގެ ފޮޓޯ އާއި މެޑަލް ސޯޝަލް މީޑިއާގައި މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ 11:59އާހަމައަށް ޝެއާ ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

Ad
rt

އުރީދޫން ބުނެފައިވާ ގޮތުގައި ދުވުމުގެ ފޮޓޯ އާއި މެޑަލް ސޯޯޝަލް މީޑިއާގައި ހިއްސާ ކުރާ އެކައުންޓު ވާން ޖެހޭނީ ޕަބްލިކް އެކައުންޓަކަށްކަމަށެވެ. އަދި ކޮންމެ ޕޯސްޓެއްގައި އުރީދޫ ޓެގުކޮށް، OoredooAtholhuDhuvun# ޖަހަން ޖެހޭނެއެވެ.

އަތޮޅު ދުވުމުގެ ފޮޓޯތައް ހިއްސާ ކުރާ ދުވުންތެރިންގެ ތެރެއިން ދެ ނަސީބުވެރިއަކަށް މަމަކް އިން ރޭގަނޑުގެ ކެއުމެއް ނުވަތަ ލަވޭރިއާއިންޕިއްޒާ ލިބޭނެއެވެ.

މީގެ އިތުރުން މެޑަލް ހިއްސާ ކުރާ ދުވުންތެރިންގެ ތެރެއިން ތިން ނަސީބުވެރިންނަށް ރޭޖް-ހިޓް ޖިމްގެ އެއް މަހުގެ މެމްބާޝިޕް ނުވަތަ ޕިއްޒާކިޗެން އިން ޕިއްޒާ ނުވަތަ ލެ ޕާފިއުމްގެ ގިފްޓް ޕެކެއް ލިބޭނެއެވެ.

އުރީދޫ އަތޮޅު ދުވުމަކީ އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރު ފެށި ހަރަކާތެކެވެ. މިއަހަރުގެ ދުވުމުގައި ފަސް ކިލޯމީޓަރުގެއިތުރުން 10 ކިލޯމީޓަރު ވެސް ވަނީ އާއްމުންނަށް ހުޅުވާލައިފައެވެ.