މިއަހަރުގެ މިހާތަނަށް، މިދިޔަ އަހަރު އައި ޖުމްލަ ފަތުރުވެރިންނަށްވުރެ ގިނަ ފަތުރުވެރިން ރާއްހެ އަތުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެ އައީ 564،228 ފަތުރުވެރިންނެވެ. މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އައީ 555،494 ފަތުރުވެރިންނެވެ.

Ad
rt

މިދިޔަ އަހަރު ފަތުރުވެރިންގެ އަދަދު ދަށްވީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާ ކުރާގޮތުގައި މިއަހަރު މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ އެވެ.

މިއަހަރު ދެކުނު އޭޝިއާ ފަތުރުވެރިން ރަާއްޖެއައުން މަނާ ކުރުމަށްފަހު މިހާރު ވަނީ އަނެއްކާވެސް އެ ގައުމުތަކުގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލައިފައެވެ.

މިއާއެކު ކުރިއަށް އޮތް މަސްތަކުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެއެވެ.