އެޗްޕީއޭގެ ގަވާއިދާ ހިލާފަށް ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ހިދުމަތް ދިން ތިން ގެސްޓުހައުސްއެއްގެ ހުއްދަ ބާތިލުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މި ތިން ގެސްޓުހައުސްއަކީ ވެސް ހުޅުމާލޭގައި ހިންގަމުން އަންނަ ގެސްޓުހައުސްތަކެކެވެ. ނަމަވެސް ގެސްޓުހައުސްތަކުގެ ނަންތައްމިނިސްޓްރީން ހާމަ ނުކުރެއެވެ.

Ad
rt

ހުއްދަ ބާތިލު ކުރި ތިން ގެސްޓުހައުސްގައި ތިބި ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ރިސޯޓުތަކަށް ޗުއްޓީ ބަދަލު ކުރުމުގެ ފުރުސަތުދީފައެވެ.

ހުޅުމާލޭގެ ތިން ގެސްޓުހައުސެއްގެ ހުއްދަ ބާތިލު ކޮށްފައިވާއިރު އިތުރު ތިން ގެސްޓުހައުސްއަކަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އިންޒާރުދީފަ އެވެ.

އެޗްޕީއޭގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި މަހުގެ ނިޔަލަށް ދެކުނު އޭޝިއާ ޓޫރިސްޓުންނަށް ގެސްޓުހައުސްތަކުގައި ނުތިބެވޭނެއެވެ.