ދިވެހިރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކޮށް، އިންސާނީ ހައްޤުތައް ކުރިއަރުވަން ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް އިނގިރޭސިވިލާތުން ބަލައިގަނެ، އެގައުމުގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ދިވެހިރާއްޖެ އުނިކޮށްފިއެވެ.

އިނގިރޭސިވިލާތުން ޤައުމުތަކާއެކު ވިޔަފާރި އަދި އެހެނިހެން ގުޅުންތައް ބޭއްވުމުގައި އެގައުމެއްގެ އިންސާނީ ހައްޤުތަކުގެ ޙާލަތުގެ މައްޗަށް ރިޢާޔަތްކުރެއެވެ. އަދި މިއަހަރުގެ ޔޫކޭ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ ރިޕޯޓްގެ ހިއުމަން ރައިޓްސް ޕްރަޔޯރިޓީ ލިސްޓުން ރާއްޖެ އުނިކުރުމުގެ ސަބަބުން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

Ad
rt

އިންސާނީ ހައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ ޚާރިޖީ ސިޔާސަތުގެ މައި އެއް ތަނބެއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން އިންސާނީ ހައްޤުތަކުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގުޓަރޭސް އަދި އިންސާނީ ހަޤުތަކާ ބެހޭ އދގެ ހައިކޮމިޝަނަރ މިޝޭލް ބެޝެލޭ ވަނީ ފާހަގަކުރައްވާފައެވެ.

މިއަހަރު ދިވެހިރާއްޖޭގެ އިތުރުން މި ލިސްޓުން އުނިކޮށްފައިވަނީ ބުރުންޑީއެވެ. އަދި ލިސްޓަށް އިތުރުކޮށްފައިވަނީ ބެލަރޫސް، މާލީ އަދި ނިކަރާގުއާ އެވެ.

ރިޕޯޓް ލިންކް: