ކަރަންޓީނުގައި ހުރި މީހަކު ނިކުމެ ފުލުސް އޮފީހަށް ގެއްލުންދީފިއެވެ.
ފުލުހުން ބުނީ ރ. އިނގުރައިދޫ ކަރަންޓީނުގައި ހުރި މީހަކު މިއަދު ހަވީރު ގަވާއިދާ ހިލާފަށް ކަރަންޓީނުން ނުކުމެ ރ. އިނގުރައިދޫ ފުލުސް އޮފީހަށް ގެއްލުންދިން މައްސަލައެއްގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ކަރަންޓީނާ ހިލާފުވި މައްސަލާގައި 10،000ރ އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
ކަރަންޓީން އުސޫލާ ހިލާފުވާ މީހުންގެ ޖޫރިމަނާތައް އެކި ގިންތިތަކަށް ބެހިފައިވާއިރު ގާނޫނީ ޝަހްސިއްޔަތުތަކާއި އެފަދަ މަގާމުތަކުގައި ތިބޭ މީހުންގެ ޖޫރިމަނާގެ އަގު ބޮޑެވެ.
މީގެ ކުރިން ވެސް ކަރަންޓީން އުސޫލާ ހިލާފުވާ މީހުން ޖޫރިމަނާކޮށްފައިވާއިރު، މޮނިޓަރިންގައި ހުންނަ ރަށްރަށުން މީހުން ބޭރަށް ނިކުންނަ މައްސަލަތަކުގައި ވެސް މީހުން ޖޫރިމަނާކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!